ސްވިސް
ޕީޕަލްސް
ޕާރޓީގައި
އުޅުއްވާ
ޑެނިއަލް ސްޓްރީޗަކީ
އަކީ
ސުވިޒިލެންޑްގައި
އެންމެ ފުރަތަމަ
މިސްކިތްތަކުގެ
މުންނާރުތައް
މަނާކުރުމަށާއި
މިސްކިތްތަކުގައި
ތަޅުއެޅުމަށް
އަޑުއެފުލެއްވި
ބޭފުޅާއެވެ.
ސްޓްރީޗް
އިސްލާމްވުމާއި
އެކު ސްވިސް
ގެ ސިޔާސީ
މަސްރަހު
މިހާރު ވަނީ
ވަރަށް ހޫނުވެެފައެވެ.
އަދި
މުންނާރުތަކާއި
ދެކޮޅަށް މަސައްކަތް
ކުރާ
މީހުންނަށް
ވަނީ ކުއްލި
ސިހުމެއް
ލިބިފައެވެ.
ސްޓރީޗް
ވަނީ
އެޤައުމުގައި
އިސްލާމްދީނާއި
ދެކޮޅު
އެތައް
ހަރަކާތަކަކަށް
މަގުފަހިކޮށްދީ
މީސްތަކުންގެ
މެދުގައި
މުންނާރުތަކާއި
ދެކޮޅަށް
އަޑު
އުފުލުމަށް
މަގުފަހި
ކޮށްދެއްވާފައެވެ.
ނަމަވެސް
ސްޓްރީޗްގެ
އިސްލާމްދީނާއި
ދެކޮޅު
ހިޔާލުތައް
ވަނީ އޭނާ
އިސްލާމް
ދީނާއި
ގާތްކޮށް އިސްލާމު
ދީނުގެ
ފަހުލަވާނަކަށް
ހެދުމުގެ
އެންމެ ބޮޑު
ރޯލެއް އަދާ
ކޮށްފައެވެ.
ސްޓްރީޗް
މިހާރު ވަނީ
އޭނައަށް
ކުރެވުނު
ކަންތަކާއި
ދެރަވެ އަދި
މިކަމުގެ
ބަދަލެއްގެ
ގޮތުން ޔޫރަޕުގައި
އެޅޭ އެންމެ
ރީތި
މިސްކިތް
ބިނާ
ކުރުމަށް
އަޒުމު ކަނޑައަޅާފައެވެ.
މިކަމުގެ
އެންމެ
ޝައުޤުވެރިވާ
ކަމަކީ މިހާރު
ސުވިޒިލެންޑް
ގައި
ހުންނަނީ
އެންމެ 4 މިސްކިތަށްވެފައި
ސްޓްރީޗް މިހާރު
ބޭނުންވަނީ 5
ވަނަ މިސްކިތުގެ
ފައުންޑޭޝަން
އަޅަން
ކަމަށްވާތީއެވެ.
މިހާރު
އޭނާ އެދޭ
އެންމެ ބޮޑު
އެދުމަކީ
އިސްލާމްދީނާއި
ދެކޮޅަށް އޭނާ
ބޭނުންކުރި ވިހަތަކުން
މާފަށް އެދުމެވެ.
މިސްކިތްތަކުގެ
މުންނާރު
މަނާ
ކުރުމުގެ މަސައްކަތަށް
ޤާނޫނީ
ބާރުލިބިފައި
ވީ ނަމަވެސް ސްޓްރީޗް
މިހާރު
ވިސްނަމުން
ދަނީ ސުލްހަވެރިކަމާއި
އެކު
އިސްލާމްދީނާއި
އެއްގޮތަށް
މަސައްކަތް
ކުރާށެވެ.
މުސްލިމިގެން
ހަމަޖެހިމާއި
ކުރިއެރުމަށް
މަސައްކަތް
ކުރައްވާ
އެން.ޖީ.އޯ
ޖަމާއަތެއްކަމަށްވާ
އޯ.ޕީ.އައި ގެ
ރައީސް ވިދާޅުވިގޮތުގައިޔޫރަޕިއަނުން
އިސްލާމް
ދީންގެ
ހަޤިޤަތް ހޯދުމަށް
ވަރަށް
ޝައުޤުވެރިވެއެވެ.
ބައެއްމީހުން
ބޭނުނަވަނީ
އިސްލާމ
ދީނާއި ޓެރަރިޒަމާއި
ހުރި ގުޅުން
ހޯދުމަށް
ކަމަށާއި ސްޓްރީޗަށް
ވެސް ވީ
އެހެން
ކަމުގައި އޭނާ
ވިދާޅުވިއެވެ.
މުންނާރުތަކާއި
ދެކޮޅަށް
އަޑު އުފުލި
އިރު ސްޓްރީޗް
ކީރިތި
ޤުރާއިން ކިޔެވިއެވެ.
އޭނާ
ބޭނުންވީ
އިސްލާމްދީނާއި
ދެކޮޅަށް
ބޮޑަށް
މަސައްކަތް
ކުރަން
ކަމަށާއި
ނަމަވެސް ނަތީޖާ
ނުކުތީ ދިމާ
އިދިކޮޅަށް
ކަމަށެވެ.
އަލްދާއީ
އިތުރަށް
ވިދާޅުވި
ގޮތުގައި ފަހަކަށް
އައިސް
މުންނާރުތައް
މަނާކުރުމާއި
ބެހޭ ގޮތުން
ސްވިޒިލެންޑުގައި
ވަނީ އެކަން
ވޯޓަށް
ދޫކޮށްލުމުން
، ރައްޔިތުން
ވަނީ އެކަންވަނީ
ޤާނޫނީ ފެންވަރަށް
އެކަން
ނަގާފައެވެ.
ވޯޓްގެ
ނަތީޖާ
ދައްކިގޮތުން
މުންނާރުތަކާއި
އެއްކޮޅަށް
ވޯޓު
ދެއްވާފައި
ވަނީ ވޯޓުދިން
އެގައުމުގެ %42.5
އަދި
ދެކޮޅަށް
ވޯޓު ދެއްވާފައިވަނީ
%57.5 މީހުންނެވެ.
ނަމަވެސް
ފާހަގަ ކޮއްލަންޖެހޭ
ނުކުތާއަކީ
އެގައުމުގެ
އަބާދީގެ
މުސްލިމުންނަކީ
އެންމެ %6
މީހުންކަމެވެ.
މީގެ އެންމެ
އަޖާއިބުކުރުވަނިވި
ކަމަކީ
އެގައުމުގެ %42.5
މީހުންގެ ތާއިދު
އެންމެ %6
މުސްލިމުންނަނަށް
ލިބުނުކަމެވެ.
ކަމުގެ
ފަންނީ
މާހިރުން
ދެކިލައްވާ
ގޮތުގައު
މުންނާރު
ތައް
މަނާކުރުން ވެގެންދިޔައީ
އިސްލާމް
ދީނާއި މެދު
މީހުންގެ
ޝައުޤު އިތުކޮށްދިން
ކަމަކަށެވެ.
ސްޓްރީޗަކީ
ސްވިސް
ޕީޕަލްސް
ޕާރޓީގެ ގެ
މުހިންމު
މެންބަރެކެވެ.
އެޕާޓީގެ ސިޔާސަތުކަނޑައަޅާއިރުވެސް
އޭނާގެ ނުފޫޒު
އެއަށް
ފޯރާވަރަކީ
އެ ޕާޓީގައި
އޭނާގެ
މުހިއްމުކަން
ދައްކުވައިދޭ
ކަމެކެވެ.މުންނާރުތަކާއި
ދެކޮޅަށް
އޭނާ ހިންގި
ހަރަކާތްތައް
އަމާޒުކޮށްފައިވަނީ
ސިޔާސީ
ގޮތުން ސަމާލުކަން
ހޯދުމަށާއި
އެހެން
މީހުންގެ
ޝައުޤުވެރިކަން
ހޯދުމަށެވެ. އޭނާގެ
މަޝޫރުކަމުން
އޭނާވަނީ
ސްވިސް ސިފައިންގެ
ލަޝްކަރުގެ
މިލިޓަރީ
އިންސްޓްރަކްޓަރުގެ
އެވޯޑް ވެސް
ހާސިލް
ކޮށްފައެވެ.
ކްރިސްޓިއަން
ދީނަށް
އުފަން ސްޓްރީޗް
ވަނީ އިސްލާމް
ދީނާއި
ދެކޮޅަށް
ނިކުތުމަށް
އިސްލާމް
ދީނާއި ބެހޭ
ގޮތުން
ވަރަށް ބޮޑަށް
އުނގެނިފައެވެ.
އެހެންނަމަވެސް
މި އުނގެނުން
ވަނީ ވަރަށް
ބޮޑު
ނުފޫޒެއް
މީނާއަށް ފޮރާފައެވެ. އެންމެ
ފަހުން މީނާ
ވަނީ ސިޔާސީ
ހަރަކާތްކަތުން
މުޅިން
ދުރުވެ އިސްލާމް
ވެފައެވެ. ސްޓްރީޗް
ވަނީ
އެސް.ވީ.އޯގެ
ހަރަކާތްތަކީ
ޝައިތާނީ އަމަލުތަކެއް
ކަމަށް
ގޮވާލާފައެވެ.
އޭނާ
ބުނި
ގޮތުގައި
އޭނާއަކީ
ޤަވާއިދުން
ބައިބަލް ކިޔާ
މީހެއްކަމަށާއި
އަދި
ފައްޅިއަށް
ވެސް ދާމިހެއްކަމަށެވެ.
ނަމަވެސް
މިހާރު އޭނާ
ކިޔަވަނީ
ކީރިތި
ޤުރުއާން
ކަމަށާއި 5
ވަގުތު ނަމާދު
ކުރާކަމަށެވެ.
މިހާރު
ޕާރޓީގެ
މެންބަރުކަމުން
ވަކިވަފެއިވާ
ސްޓްރީޗް
އާންމުންނާއި
ވާހަކަ
ދައްކަވަމުން ބުނިގޮތުގައި
ކްރިސްޓިއަން
ދީނުގައި ނުލިބުނު
ހިތްހަމަޖެހުން
އިސްލާމްދީނުގައި
ލިބިފައިވާކަމަށެވެ.
އަނެއްކޮޅުން
ސްވިސްގެ
އަސްކަރިއްޔާއިން
މިހާރުދަނީ
ސްޓްރިޗް
އަސްކަރިއްޔާގެ
ސިއްރުތައް
ހާމަކޮށްފާނެކަމަށް
ކަންބޮޑުވުން
ފާޅުކުރަމުންނެވެ.
އެސް.ވީ.ޕީގެ
ކައުންސިލް
މެންބަރެއް
ވިދާޅުވިގޮތުގައި
އެކަމުގައި
ނުރައްކާތަކެއް
ކުރިމަތިވެދާނެއެވެ.
ޤައުމެއްގެ
ޤާނޫނުން
މުންނާރުތަކެއް
މަނާކުރެވި
ދާނެއެވެ، ނަމަވެސް
ހިތްތަކުންނާއި
ސިކުނޑިތަކުން
އިސްލާމް
ދީނުގެ
ނޫރެއް ފުހެއެއް
ނުލެވޭނެކަން
މިކަމުން
ސާބިތުވެއެވެ.
http://interact.islamonline.net/English/interact/forum/threads/367-Swiss-antagonist-of-minarets-embraces-Islam