•    ހޯއްދެވުމަށް:
      އަޕްޑޭޓްސް އާއި ޚަބަރު ލިބިލެއްވުމަށް:
    

    Advertise Here



    Advertise Here


    "الله أكبر الله أكبر ... ބޭނުންވަނީ އިސްލާމީ ޝަރީއަތް! ... ބޭނުންވަނީ އިސްލާމީ ޝަރީއަތް! "



    الله أكبر الله أكبر لاإله الاالله . ދިވެހި މަދު ދަރިންކޮޅެއްގެ ހިތުގައި އިސްލާމްދީނުގެ ހައްޤުގައި ތެދުވުމުގެ ޖޯޝާއި އީމާންތެރިކަން ދެއްވި ގަދަކީރިތިވަންތަތަޢާލާއަށް ހަމްދާ ޝުކުރު ހުއްޓެވެ.
    މިއީ މިއަދު އަހަރުމެންގެ ދިވެހިރާއްޖޭން ފެންނަމުންދާ ވަރަށްވެސް އުފާވެރި މަންޒަރެކެވެ. ﷲ ތަޢާލާ އަހަރުމެން އެބޭނުމަކަށްޓަކައި ފޮނުއްވި ބޭނުމެވެ. އެއިލާހަށް އަޅުކަން ކުރުމެވެ. އަދި އެއިލާހު ދީން މިބިންމަތީ އެކީއެކައްޗަކަށް ޤާއިމްވެއްޖައުމަށް ދާންދެން ހަނގުރާމަކުރުމެވެ. އެކަމަށްޓަކައި އަހަރުމެންނަށް ބަހާއި ޢަމަލުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމެވެ. މިއަދު ދިވެހި ފަސްގަނޑުގައި އިސްލާމް ދީނުގެ ހައްޤުގައި ނިކުމެ އެންމެ ކުޑަމިނުން އަޑުއުފުލުމަކީ ވެސް އުފަކުރުން ހައްޤު ކަމެކެވެ. އިސްލާމް ދީނުގެ އަސާސްތައް ރައްކާތެރިކުރުމަށް ގޮވާލާ އަޑު އުފުލުމަކީ ދިވެހި ދަރިންގެ ހިއްވަރާއި އަޒުމް އަދި އެމީހުންގެ ހިތުގައި ދީނުގެ މައްޗަށްވާ ލޯބި ހާމަ ކޮށްދޭ ކަމެކެވެ. ދިވެހި ރާއްޖެއަކީ އޭގެ ތާރީޚުން ފެށިގެންވެސް އިސްލާމްދީނަށް ލޯބިކުރާ ދަރިންތަކެއް ދިރިއުޅޭ ޤައުމެކެވެ.
    އޭ ދިވެހި ލޮބުވެތި ދަރިންނޭވޭ! ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަނިކުތީ ހައްޤުގެ ދިފާއުގައެވެ. ޢާލަމްތަކުގެ ވެރި ރައްބުގެ ކަލިމަ ފުޅުގެ ދިފާއުގަ އެވެ. ހަމަކަށަވަރުން އެއިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވެއެވެ. ޢިޚްލާސްތެރި ކަމާއެކު ކުރާ ޢަމަލެއް އެއިލާހު ބޭކާރު ނުކުރައްވާ ހުށިކަމެވެ. ހަމަކަށަވަރުން މުއުމިނުންނާ އެކުވޮޑިގެންވެއެވެ.
    އޭ ދިވެހި ލޮބުވެތި ދަރިންނޭވެ! ތިނިކުތުމަކީ، ތިއަޑު އުފުލުމަކީ، ތިޔަ ޝުއޫރުތަކަކީ ޝައިތޯނައާއި އޭނާގެ އައުވާނުން ހަމަޔަގީނުންވެސް ނުރުހޭނެ ކެމެކެވެ. އަދި އެމީހުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީންގެ ރިވެތި އުސޫލުތަކާއި ހަމަތައް އަހަރުމެންގެ މުޖްތަމައުއިން ނައްތާލާ ފިތުނަ ފަސާދައާއި ލަދީނީ އާދަތައް ދިރުވާ އަށަގެންނެވުމަށް އެމީހުން ކުރަމުންދާ މަސައްކަތައް އެޅޭ މިފަދަ ބޮޑެތި ހުރަސްތައް ނައްތާލުމަށް އެމީހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމީހުން ކުރާނެކަމީ ތާރީޚް އެކަމަށް ހެކިދޭ ހަޤީޤަތެކެވެ. ވުމާއިއެކު ތިތެދުވި އަޒުމާއި ހިއްވަރުގައި ކުރިއަށް ދިއުމަށް ދިވެހި ލޮބުވެތި ދަރިންނަށް ގޮވާލަމެވެ. ތިމަގުގައި ދިމާވާ އެންމެހާ ގޮންޖެހުންތަކާއި އަނިޔާތަކަށް ކެއްތެރިކަމާއެކުގައި ކުރިމަތިލުމުގެ ހިއްވަރާއި އަޒުމާއެކު ކުރިއަށް ދިޔުމަށްވެސް ގޮވާލަމެވެ.
    އޭ ދިވެހި ލޮބުވެތި ދަރިންނޭވެ. ތިޔަ ހިއްވަރާއި އަޒުމާއެކު ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅާމާ ހިނގާށެވެ. ދިވެހި ފަސްގަނޑަކީ އިސްލާމީ ޝަރީއަތް ޤާއިމް ކުރެވިފައިވާ ފަސްގަނޑަކަށް ހެދުމަށް އަހަރުމެން ދެކެމުންދާ ހުވަފެންތައް ހަޤީޤަތައްވާނީ ޤުރުބާނީ ތަކެއްވެވިގަނެވެ. އެއީ ރަސޫލާ (ސއވ) އާއި އެކަލޭގެ ފާނުގެ ޞަޙާބީންވެސް އިސްލާމް ދީނުގެ ހައްޤުގައި ވެފައިވާ ޤުރުބާނީތައް ފަދައިންނެވެ. އެހެންކަމުން ދިވެހި ލޮބުވެތި ދަރިންނޭވެ. އިސްލާމް ދީން އެކީ އެކައްޗަކަށް ޤާއިމްވެއްޖައުމަށް ދާންދެން މިގޮތުގައި ސާބިތުވާން ހިގާށެވެ. ދީނުގެ އެންމެ އަސާސެއްގެ ހައްޤުގައި ތެދުވި ފަދައިން މުޅި ދީން ޤާއިމްކުރުމަށް ތެދުވަމާ ހިނގާށެވެ. ތައުހީދުގެ ދެކަލިމެ އޭގެ ފުރިހަމަ ގޮތުގައި ޤާއިމު ކުރުމަށް ތެދުވަމާ ހިނގާށެވެ. އެހެނީތަޢާލާ އެދި ވޮޑިގަންނަވަނީ އިސްލާމް ދީނަށް ތިޔަބައިމީހުން އެކީ އެކައްޗަކަށް ވަނުމަށެވެ. މުޅިއިސްލާމް ދީން އޭގެ ފުރިހަމަ ގޮތުގައި ޤާއިމް ކުރުމަށެވެ. ﷲ ތާޢާލާގެ ބަސް ފުޅެއްގެ މާނައިގައި ވެއެވެ. " އޭއީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން އިސްލަމްދީނަށް އެކީ އެކައްޗަކަށް ވަންނާށެވެ. އަދި ޝައިތޯނާގެ ގޮވުންތަކަށް ނުހެއްލޭށެވެ. ހަމަކަށަވަރުން އެއީ ތިޔަބައިމީހުންނަށް ހުރި ފާޅުވެގެންވާ އަދުއްވެކެވެ."
    އޭލޮބުވެތި ދިވެހި ދަރިންނޭވެ. އަހަރުމެންގެ ދަރިންނަށް މިޔައްވުރެ އަމާން މުޖްތަމައު އެއް ހޯދާދެވޭނީ އަދި އިޖްތިމާއީ އެންމެހާ ހަމަނުޖެހުންތަކުން ސަލާމަތް ވެފައިވާ މާހައުލެއް ހޯދާދެވޭނީ އިސްލާމީ ޝަރީއައް މިބިންމަތީ ޤާއިމް ކުރުމުންނެވެ. އެހެނީ މިދީން އައިސްފައިވަނީ ނާއިންސާފް މިބިންމަތިން ފޮހެލާ އިންސާފާއި އަދުލުވެރިކަމުގެ ހިޔަލަށް އިންސާނުން ގެނައުމަށެވެ. އަހަރުމެންގެ މުޖްތަމައުގައި އާމުވެފައިމިވާ މަގުފޭރުމާއި، ރާބުއިމާ، ހަށިވިއްކުމުގެ ވިޔަފާރިއާ، އަދި މިނޫންވެސް ލާދީނީ އެންމެހާ ކަންތަކުގެ ހައްލަކީ ހަމައެކަނި އެއްހައްލެވެ. އެއީ ކީރިތި ޤުރުއާނާއި ނަބިއްޔާ (ސއވ) ސުންނަތެވެ. އެބަހީ އޭގައި ޢަމަލު ކުރުމަށް އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެހެނީ މިގޮތްތަކަކީ މުހިރިހާ ކަމަކާއި ތަކެއްޗެއް ޚަލްޤުކުރެއްވި ގަދަ ކީރިތިވަންތަތަޢާލާ އެންގެވި ގޮތެވެ. އެޝަރީއަތެއް ޤާއިމްކުރުމުން މެނުވީ މުޖްތަމައުއެއް ތިޔާގިނުވާނެ ޝަރީއަތެވެ. އަހަރުމެންގެ ނަބިއްޔާ ސއވ އެކަމަކައިގެ ފޮނުވުނު ކަންތަކެވެ. ނަބިއްޔާ (ސއވ) ހަދީޘް ކުރައްވާފައެވެ. 'ތިމަންކަލޭގެ ފާނަށް އަމުރުވެވިގެންވަނީގެ ދީން މުޅީ މިބިންމަތީ ޤާއިމު ވެއްޖައުމަށް ހަނގުރާމަކުރުމަށެވެ.'
    އޭ ދިވެހި އުންމަތުގެ އެންމެހާ ޢިލަމު ވެރިންނޭވެ. ތިޔަބައިމީހުންގެ ވާޖިބު ތިޔަބައިމީހުން އަދާކުރުމަށް ފަސްނުޖެހޭށެވެ. ﷲ ގެ ދީނުގެ ހައްޤުގައި މިފަދައިން ނިކތުމުގެ ހަމަތަކާއި އުސޫލުތައް އަހަރުމެންނަށް ކިޔާ ދޭށެވެ. އޭގެ މާތްކަމާއި އިސްލާމްދީނުގައި އެކަންތައްތަކުގެ ހުކުމްތައް އަހަރުމެންނަށް ކިޔާދީ އޮޅުން ފިލުވާދޭށެވެ. އިސްލާމް ދީނުގެ ހައްޤުގައި ނިކުމެ ޤުރުބާން ވުމުގެ ޖަޒުބާތާއި ޖޯށު އުފެދޭ ފަދަ ހާދިޘާތައް އިސްލާމީ ތާރީޚުން ޛިކުރު ކޮށްދޭށެވެ. މިޤުރުބާނީތައް ވެއްޖެނަމަ އަހަރުމެންނަށް ބަދަލުގައި، ދުނިޔެއާއި އާޚިރަތުގައި އޮތް އުޖޫރަ ކިޔާދީ ހަނދާންކޮށްދޭޝެވެ. އަހަރުމެންގެ ހިތްތައް މިޣާފިލް ކަމުގެ ނިދިން ހޭލައްވާ، ޝައިތޯނާ އާއި އޭނާގެ އައުވާނުން އަހަރުމެންނަށް އަރުވާފައިވާ އޮޅުންތައް ފިލުވާދީ ހައްޤު ބަޔާން ކޮށްދޭށެވެ. އަދި ތިޔަބައިމީހުން އަހަރުމެންގެ މިނިކުތުމުގައި އެންމެ ކުރީ ސަފުގައި ވާށެވެ. އެހެނީ މިކަމުގައި އަހަރުމެންނަށް ވުރެ ތިޔަބައިމީހުންގެ މައްޗައްވާ ޒިންމާ ބޮޑެވެ.
    ދުޢާއަކީ ދިވެހި ފަސްގަނޑު ޝައިތޯނާގެ ޤާނޫނާއި ދިދައިގެ ދަށުން ސަލާމަތްވެ އިސްލާމީ ޝަރީޢަތުގެ ހިޔަލުގެ ދަށަށް ދިޔުމެވެ. އަދި ދިވެހި ދަރިންގެ ހިއްތަކުގައި އިސްލާމްދީނަށްވާ ލޯބި ވަރުގަދަ ކުރައްވާ، އިސްލާމް ދީނުގެ ހައްޤުގައި ނިކުތުމުގެ ހިއްވަރާއި އީމާންތެރިކަން ވަރުގަދަކުރެއްވުމެވެ. އިސްލާމް ދީނުގެ ދިފާއުގައި ނިކުމެ ޤުރުބާންވާ ތައްޔާރަށްތިބި ދަރިން އިތުރުކުރައްވާ ގިނަ ކުރެއްވުމެވެ. އާމީނ!
    "الله أكبر الله أكبر ......
    ބޭނުންވަނީ އިސްލާމީ ޝަރީއަތް! ....... ބޭނުންވަނީ އިސްލާމީ ޝަރީއަތް!"

     



    ރަޙްމަތްތެރިއަކަށް މިޞަފްޙާ އީމެއިލް ކުރައްވާ