މިނިވަން ހިޔާލަށް ތާއީދުކުރާކަމަށް ދައުވާ ކުރާ ކުޑަކުދިންނަށް ކިޔަވާދޭ ކްލާހެއްގެ ޓީޗަރަކު އޭނާ އަކީ "އެތީސްޓް" (އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހެކޭ) ބުނަމުން ގެންދިޔައެވެ. މީނާގެ ދަރިވަރުންވެސް މިއީ އެތީސްޓުންތޯ ސުވާލުކުރަމުން އެތީސްޓުންނަމަ އަތްމައްޗަށް ނެގުމަށް އެދުނެވެ.އެތީސްޓުންނަކީ ކޮބައިކަން ނޭންގޭ މި ތުއްތު ކުދިންތައް އެކުދިންގެ މުދައްރިސް އެހެން ބުނުމުން ހުރިހާ ކުދިން ވަރަށް އަވަހަށް އަތްމައްޗަށް ނަގައިފިއެވެ. އެހެންނަމަވެސް ހުރިހާކުދިންގެ ތެރެއިން ލޯބި ލޯބި ޒައިނަބް ކިޔާ އަންހެންކުއްޖަކު އަތް ނުނަގާ އިނެވެ. ޓީޗަރުޒައިނަބު ގާތު އަތްނުނަގާ ތީނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. " އެއީ އަޅުގަނޑަކީއެތީސްޓަކަށް ނުވީމަ ކަމަށް " ޒައިނަބް ޖަވާބުދިނެވެ.

ޓީޗަރު އަނެއްކާވެސް ޒައިނަބާއި ސުވާލުކުރިއެވެ. "އެހެންވިއްޔާ ތީ ކޯއްޗެއް؟" ޒައިނަބް ޖަވާބުދިނެވެ. "އަޅުގަނޑަކީ މުސްލިމެއް"

ޓީޗަރު ކުޑަކޮށް ހިތްހަމަނުޖެހިފައި އަނެއްކާވެސް ޒައިނަބް މުސްލިމަކަށް ވީ ކީއްވެގެންތޯ ސުވާލުކުރިއެވެ. " އެއީ އަޅުގަނޑުގެ މަންމަ ވެސް އަދި ބައްޕަ އަކީ ވެސް މުސްލިމުން ކަމަށްވެފައި އަޅުގަނޑަށް ރަހްމާން ވަންތަ ރަހީމް ވަންތަ ކަލަކު ވާކަން އިނގޭތީ"

ޓީޗަރު ވަރަށް ރުޅިގަދަވެފައި އެއީ ދީން ޤަބޫލުކުރަންޖެހޭ ސަބަބެއްކަމަށް ޤަބޫލުނުކުރެވޭކަމަށާއި ވަރަށް ބާރަށް " ޒައިނަބް މަންމަ އަކީ މޮޔައަކަށް ވެފައި ބައްޕަ އަކީ ވެސް މޮޔައަކަށްވި ނަމަ ޒައިނަބް ވާނީ ކޯއްޗެކަށްތޯ ސުވާލުކުރިއެވެ. ޒައިނަބް ކުޑަކޮށް ވިސްނަން އިނދެފަ ހީލާފައި ޖަވާބުދިނެވެ. އޭރުން އަޅުގަނޑު ވާނީ "އެތީސްޓަކަށް"