ފްރާންސް މިސްކިތެއްގެ އިމާމްވެ ނަމާދުކުރާ ޝެއިޙަކު އެމިސްކިތަށް ފަތިސް ނަމާދަށް ވަރަށް މަދުން މީހުން ހާޒިރުވާކަން ފާހަގަ ކުރެވިގެން އެއްފަހަރަކު ފަތިސް ނަމާދަށް ފަހު ތިމި މަދު މީސްކޮޅަށް ހަނދުމަކޮށްދިނުމުގެ ގޮތުން ޝެއިޚް ކުޑަ ދަރުޘެއް ދެއްވިއެވެ. މިހާރުގެ މުސްލިމް އުއްމަތުގެ ހާލާއި ބެހޭގޮތުން ނަސޭހަތް ތެރިވަމުން ޝެއިޙަށް ފެންކަޅިވެފައި ބުނެވުނެވެ. މުސްލިމުން ޝައިތާނާގެ ފާހާނާތަކަށްވެ ނިމިއްޖެއެވެ. އެވަގުތު އެތަނުން މީހަކު އިމާމާއި ސުވާލު ކުރިއެވެ. ތިބުނުއްވި އެއްޗެއް ތަފްސީލް ކޮށްދެއްވާށެވެ. ޝެއިޙް ތަފްސީލްކޮށްދެއްވަމުން ވިދާޅުވިއެވެ. އިމާމްބުޙާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިއައިސް ފައިވެއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައަށް ހެނދުނު އިރުއަރައުމަށް ދާންދެން ( ފަތިސް ނަމާދުގެ ވަގުތު ފާއިތުވަންދެން) ނިދާ މީހަކާ ބެހޭ ގޮތުން ސުވާލުކުރެވުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެއީ ހަމަކަށަވަރުން ޝައިތާނާ އެމީހެއްގެ ދެކަންފަތަށް ކުޑަކަމުގޮސްފައިވާ މީހާއެވެ.